މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ ލިޔުމަކީ އިސްލާމުދީނަށް ކުރި ފުރައްސާރައެއްކަން، އިލުމުވެރިންނާއި، ޕްރޮފެސަރުންނާއި، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުންނާއި އަދި އެދުރުންގެ ހެކިބަހުން ސާބިތުވެފައި ވަނިކޮށް އެޔާމެދު އެއުރެން ދައްކާ ބަހަނާތަކަށް ސަމާލުކަންނުދިނުމަށް، ރާއްޖޭގެ ނޫސްވެރިންނަށް އިލުތިމާސް ކުރައްވާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ސެއިޚް ސަމީރު ވިދާޅުވެއްޖެއެވެ.

ސެއިޚް ސަމީރު މިމޭރުމުން ވިދާޅުވީ، އެމަނިކުފާނު މިއަދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ. ސެޚް ސަމީރުގެ ޕޯސްޓުގައި "އެއުރެން" ކަމަށް އިޝާރާތްކުރައްވައި، ރައްދުކުރެއްވީ ކޮންފަރާތަކަށް ސީދާ ވިދާޅުވެފައެއް ނުވެއެވެ.

Ad
rt

ސެއިޚް ސަމީރު މިގޮތައް ވިދާޅުވެފައި މިވަނީ މިމަހު 15 ދުވަހު ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއިން އެމްޑީއެންގެ ރިޕޯރޓާގުޅިގެން ސޯސަލް މީޑިއާގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އެޔުނިވަރސިޓީއިން އަންގާފައިވަނިކޮށެވެ.

އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް ގައުމީ ޔުނިވަރސިޓީއިން އެންގީ އޮކްޓޯބަރ 15 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އެ އެންގުމުގައެވެ.

ސެއިޚް ސަމީރަކީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ލެކްޗަރާއެކެވެ. އަދި މިމައްސަލާގައި އިސްލާމްދީނުގެ ދިފާއުގައި ވަކާލާތުކުރައްވަމުންގެންދަވާ އިލްމުވެރިއެކެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.