މިހާރު ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގައި ފެށިގެން ކުރިއަށްދާ ސައުތު އޭސިއާގެ ފުރަތަމަ، 16 އަހަރުން ދަށުގެ ނެޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ނެޓުބޯޅަ ޤައުމީ ޓީމު ކުޅުނު ދެވަނަ މެޗުން، މުބާރާތް ބާއްވާ ނޭޕާލު ބަލިކޮށްފިއެވެ.

Ad
rt

އިއްޔެ ރާއްޖެގެ ގަޑިން ހަވީރު ހަތަރުގަޑި ފަނަރާގައި، ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގެ އާރމީ ފިޒިކަލް ޓްރެއިނިންގ އެންޑް ސްޕޯރޓްސް ސެންޓަރގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލު ބަލިކޮށްފައިވަނީ 27-35 ޕޮއިންޓުންނެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗު އިއްޔެ ހެނދުނު އިންޑިއާއާއި ވާދަކޮށް، ވަނީ 41-21 ޕޮއިންޓުން ބަލި ވެފައެވެ. ނަމަވެސް މިމެޗްގައިވެސް ރާއްޖެގެ ޒުވާން ޓީމު ހިތަވަރުގަދަ ކުޅުމެއް ދެއްކިއެވެ.

އޮކްޓޯބަރ 18-22 އަށް ނޭޕާލުގެ ވެރިރަށް ކަތަމަނޑޫގެ އާރމީ ފިޒިކަލް ޓްރެއިނިންގ އެންޑް ސްޕޯރޓްސް ސެންޓަރގައި ކުރިއަށްދާ ފުރަތަމަ ސައުތު އޭސިއަން ސޯޅަ އަހަރުން ދަށުގެ ނެޓްބޯޅަ ޗެމްޕިއަންޝިޕް 2019 ގައި ރާއްޖެއިން 4 މެޗް ކުޅެން ހަމަ ޖެހިފައިވެއެވެ.

ރާއްޖޭގެ ބާކީ ދެ މެޗް އޮތްއިރު، ރާއްޖޭގެ ތިންވަނަ މެޗްގައި މިއަދު ބައްދަލު ކުރާނީ ސްރީލަންކާއާއި އެވެ. ހަތަރުވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ޕާކިސްތާނާއެވެ.