ހަނިމާދޫ މެޓް އޮފީސް މުވައްޒަފުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރި މައްސަލަ ބަލަނީ
ހދ. ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާ ހަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހަނިމާދޫގައ...