ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި އެވެ.
މިއަދު ހަވީރު ތަކަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. މިރަސްމިއްޔާތުގައި ބާރަށުދާއިރާގެ މެންބަރ އަޙްމަދު އަބްދުﷲ ވެސްވަނީ ބައިވެރިވެފައެވެ.
ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ހެދޭނެ ކަމަށާއި އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޝިފާޒް ހއ. ތަކަންދޫ އަށް ވަޑައިގެން، ތަކަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީ ރަސްމީކޮށް ހުޅުއްވައި ދެއްވުން.@mdpshippe @presidencymv pic.twitter.com/fGxWOKgrqq
— Ministry of Health (@MoHmv) October 18, 2019
ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށީ އެ ރަށުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ފެށިތާ 15 އަހަރު ފަހުންނެވެ. މީގެ ކުރިން ތަކަންދޫގެ ރައްޔިތުން އެފަދަ ޓެސްޓްތައް ހަދަން ދާނީ ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!