ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ.
"ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. އެހެންމެ އެ ކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ދިރިއުޅުމަށް ގެންނަންޖެހޭ މުހިއްމު ތަރައްގީ އާއި ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވޭ،"
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވިއެވެ.
ގޭސް ފޯރުކޮށްދިނުމުގެ އިތުރުން މޯލްޑިވް ގޭހުން ވަނީ 10،000ރ. ގެ އަގު ހުރި ތަކެތި ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!