އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ: ޝުޖާއު
ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު އިތުރަށް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގަން ސަރުކާރަށް ނޭނގޭ ކަމަށާއި ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، އަތޮޅުތަކުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާނެ ކަމަށް...