މިހާތަނަށް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ގުނަމުން އަންނަ އަދަދަށް އަންނަ 2020 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ހަ ދުވަސް ހިމެނުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ހަ ދުވަސް ހިމަނުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ބަންދު ދުވަސްތަކުގެ ގޮތުގައި ނިންމި އިތުރު ހަ ދުވަސް:

  1. ޖެނުއަރީ، 2
  2. މޭއި، 27
  3. މެއި 28
  4. ޖުލައި 28
  5. ޖުލައި 29
  6. ނޮވެމްބަރު 12

މިހާރު ނެރެފައިވާ މީލާދީ އައު އަހަރު 2020 ވަނަ އަހަރުގެ ކަލަންޑަރުގައި ބަންދު ދުވަސްތަކުގެ ގޮތުގައި ހިމަނާފައި ވަނީ 19 ދުވަހެވެ. މިއަދު ރައީސް ނިންމެވި ނިންމެވުމާއި އެކު ޖުމްލަ 25 ދުވަސް އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ އެވެ. މި ނިމެމުންދާ 2019 ވަނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި ހިމެނިފައިވަނީ ވަނީ، 22 ދުވަހެވެ.