ޓެކްސީ ޑްރައިވަރ ގާސިމްގެ ގާތިލުން ދެނެގަތުމަށް ހެކިތަކެއް ހޯދައިފި

img_md_201912050126441575534404.8733

4 ޑިސެމްބަރ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލު ކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަނަށްގެ ގާތިލުންގެ އިނގިލީގެ ނިޝާން، ޑީއެންއޭ އަދި އިތުރު ހެކިތައް ހޯދައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ގަތުލުކޮށްލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި ފެނިފައިވާ ކަމަށެވެ. އަދި ގާސިމް މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ހުރި ސީސީޓީވީ ފޫޓޭޖުތަކުން ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ދެނެގަނެވިފައިވާ ކަމަށާއި، ގާސިމްގެ ގާތިލުން ދެނެގަތުމަށް ލިބުނު މި ކުރިއެރުމާ އެކު ފުލުހުންގެ ޓީމެއް މިކަމުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރި ވަމުން ދަނީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *