ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ގޮވާލައިފިއެވެ.
އަމީންމިހެން ގޮވާލާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށްގޮވާލާކަމަށެވެ.
މީގެ އިތުރުން މިއަަދު ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރަށްރަށުގެ އިޙްތިސާސް ކަނޑައެޅިއްޖެ ކަމަށާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެ ކަމަށެވެ. 2020 ގައި ބާއްވާ ކައުންސިލް އިންހާބުގައި ގާބިލް ބޭފުޅުން ފެންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
Sarukaaru kunnfuni thakuge board memberunnaai wazeerunnge Majlis Adhi rayyithunn ge Majlis ge 33% annhenunn nahh khaassa kurumahhh govaalann
— Ameen Mohamed (@Ameenkumundhoo) December 5, 2019
އަމީން މިހެން ގޮވާލާފައިވާއިރު ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކޮށް، އަދި ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެންޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެ ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!