ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުތަކާއި ހޭންޑްބޯލް ޓީމްތައް އަދި މީޑިއާ ޓީމު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓް ކެންސަލް ވުމުގެ ސަބަބުން އިންޑިއާގެ ނިއުދިއްލީގައި ތާށިވެއްޖެއެވެ.
ރޭ ފުރަން ދިޔަ ހަތަރު ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން އަދި މީޑިއާ ޓީމުގައި ހިމެނޭ ފަރާތްތަކާއެކު ޖުމްލަ 71 މެމްބަރުން އެއާޕޯޓުގައި 17 ގަޑިއިރަށްވުރެ ގިނަ ވަންދެން ތާށިވެފައި ތިބިކަމަށް މައުލޫމާތު ލިބެއެވެ.
އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ޓީމުތަކަށް ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖެހިފައިވާ ކަމަށާއި، ޓީމުތައް ހޮޓަލަށް ދާން ދަތުރު ފަށާފައިވާ ކަމަށާއި، ވީހާވެސް އަވަހަކަށް ޓީމުތަކަށް މާލެ އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓީމުތައް ދިއްލީގައި ތާށިވީ ރޭ މާލެ އަންނަން ހަމަޖެހިފައި އޮތް ޔޫއެލް ފްލައިޓް 198 ކެންސަލްވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!