Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,664 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި
Parliament

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރަށްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާދެއްވުމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު މިވަގުތު އޮތީ ހުހަށެވެ. މަޖ...

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކައުންސިލް ކަޕް” ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ޓީމުތަކާއި ކުލަބުތަކުން 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް […...

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި 117 އޮފިސަރެއްގެ އަގުވަޒަންކޮށްފި
Raajje

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި 117 އޮފިސަރެއްގެ އަގުވަޒަންކޮށްފި

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި އޮފިސަރުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ޖުމްލަ 117 އޮފިސަރަކަށް ވަނީ...

މަޖިލީހުގެ ނައިބު އިންތިޚާބުކުރާ ޖަލްސާ މާދަމާ އަށް ފަސްކޮށްފި
Parliament

މަޖިލީހުގެ ނައިބު އިންތިޚާބުކުރާ ޖަލްސާ މާދަމާ އަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާ އަށް ފަސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާ...

ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް
Raajje

ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވިމެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އީ-ސިނގިރޭޓް މަނާކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖީލީ ގޮތުން ދުންފަތް މަނާކުރި ގައުމަށް ރާއްޖެ ވެގެންދ...

މަޖިލީހުގެ އައު ނައިބު އިންތިޚާބުކުރާ ޖަލްސާ މެންދުރު ފަހު
Parliament

މަޖިލީހުގެ އައު ނައިބު އިންތިޚާބުކުރާ ޖަލްސާ މެންދުރު ފަހު

ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެކަމަށް ޢިއުލާންކުރަށްވާފައެވެ. ނަމަވެސް އެޖެލ...

އިތުބާރުނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން ނާޒިމް އިސްތިއުފާދެއްވައިފި
Parliament

އިތުބާރުނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު އިސްތިއުފާދެއްވައިފިއެވެ. ނާޒިމް މަގާމުން ވަކިކުރަން މިއަދު ހެނދުނު 9:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އޮތީ ތާވަލްކޮށްފައެވެ. މިއަދުގެ ޖަލްސާފަށައި، ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ޢިއުލާންކުރެއްވި ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ވަނީ މަޖިލީހަށް ލިބިފައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަވާފައެއްނުވެއެވެ. ނާޒިމްގެ އިތުބާރުގެ މައްސަލަ އެއް މަޖިލީހަށް...

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު
Raajje

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް […]

ދެ ބިދޭސީއަކު އެކަކު އަނެއްކަކަށް ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި
Raajje

ދެ ބިދޭސީއަކު އެކަކު އަނެއްކަކަށް ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ގއ. ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން އެކަކު އަނެއްކަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި އެކަކު ޒަޚަމްވެ ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ވަނީ އެ އިދާރާ އަށް ލިބިފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ 30 މެއި 2026 ދުވަހުގެ ރޭ 23:00 އެހައިކަންހާއިރުއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ […]

ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި
Raajje

ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި

ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ދިޔަވެ އަޑިއަށްދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ކޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު […]

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ 25 މެއި 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު ޢީދު ބަންދަށްފަހު މާދަމާ ރަސްމީކޮށް ސަރުކާރު ހުޅުވާނެއެވެ.

ގާނާގައި ''އެލްޖީބީޓީކިއު ހަރަކާތްތަކަކީ'' ކުށެއްކަމުގައި ކަނޑައަޅައިފި
International

ގާނާގައި ''އެލްޖީބީޓީކިއު ހަރަކާތްތަކަކީ'' ކުށެއްކަމުގައި ކަނޑައަޅައިފި

ގާނާގެ ޕާލަމަންޓުން އެއްޖިންސުން ގުޅުން ހިންގުމާއި އެލްޖީބީޓީކިއު ހަރަކާތްތައް ކުރިއެރުވުން ކުށެއްގެ ގޮތުގައި ކަނޑައަޅާ އާ ބިލެއް ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން ލެޒްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑާ ނުވަތަ ކުއިއާ މީހެއްގެ ގޮތުގައި އަމިއްލައަށް ދެނެގަތުމަކީ ތިން އަހަރާ ހަމައަށް ޖަލަށްލެވޭނެ ކުށެކެވެ. މި ބިލުގައި މަނާކޮށްފައިވާ އަމަލުތައް ފުލުހުންނަށް ރިޕޯޓްކުރުމުގެ ޒިންމާ ރައްޔިތުންގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ. މި ބިލު ގާނޫނަކަށް ވުމަށްޓަކައި ރައީސް ޖޯން ޑްރަމާނީ މަހާމާ ތަސްދީގު ކ...

އެސްއޯއީތަކުން ދައުލަތަށް 160 މިލިއަން ރުފިޔާ
Raajje

އެސްއޯއީތަކުން ދައުލަތަށް 160 މިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 160 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ. . މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަމާޒު ހިފާފައިވަނީ 552 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި އަމާޒު ހިފާފައިވާ މިންވަރުގެ 30 ޕަސަންޓެވެ. ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ. ޑިވިޑެ...

''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''
Raajje

''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''

ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށް ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް...

އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފި
Raajje

އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 29 ވަނަ ދުވަހު ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުއްޖާ ވެއްޓިފައިވަނީ އެ ރަށުގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ. ނަމަވެސް، މި ހާދިސާގައި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ ކުއްޖާގެ މިހާރުގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފު...