ޤާސިމްގެ ހޮލިޑޭ އައިލެންޑްވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަންދެނީ
ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދޭން ނިންމައިފިއެވެ. މިހާރުވެސް ވަނީ ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރަށް ދީފައެވެ. ސަރުކާރުން މިކަމާއި ގުޅިގެން ވަކިއެއްޗެއް ބުނެފައި ނުވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދެނީ، ފަން އައިލެންޑް ރިސޯޓެކޭ އެއްގޮތަށް އެއްވެސް އަ...