އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

އަޕަރ ނޯތު ޕޮލިސަ ޑިވިސިއޮން (ހއ، ހދ، ށ އަތޮޅުތައް ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް އިއްޔެ 17:04 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

Ad
rt

މި މައްސަލަ އާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށާއި ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުން ދާ މައްސަލަ ތަކެއްކަމުން ކުއްޖާ ގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއިރަށް ހާމަ ކުރެވެން ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ.