އިޓަލީ ފަތުރުވެރިޔާ އަނބުރާ ޤައުމަށް ގޮސް އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެންގީ އަމިއްލައަށް ކަމަށް މީގެ ކުރިން ހާމަކޮށްފައި އޮތްނަމަވެސް އެކަން ހިނގީ އެހެން ނޫންކަން މިއަދު ހާމަ ވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ފަތުރުވެރިޔާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެންގީ އޭނާ އަމިއްލައަށް ނޫން ކަމާއި، ކުރެއްދޫ ރިސޯޓުން އޭނާއަށް ގުޅައިގެން އެ މައުލޫމާތުތައް ހޯދީ ކަމަށެވެ.

Ad
rt

އޭސީޕީ ރިޔާޒު ވިދާޅުވީ އިޓަލީގެ ޓޫރިސްޓް މީހާގެ ކަރުތެރޭގައި މައްސަލަތަކެއް ދިމާވެގެން ކުރެއްދޫގެ ޑޮކްޓަރަށް ދެއްކުމުން، އޭނާގެ ކިބާގައި ކޮވިޑް-19ގެ އަލާމާތްތަކެއް ހުރިކަން ފާހަގަކުރެވުނަސް، އެ ވާހަކަ އެޗުޕީއޭއަށް އެންގުމާ މެދު މެނޭޖްމަންޓުން އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ. އެކަމަކު ޑޮކްޓަރުގެ ކަންބޮޑުވުންތަކެއް ހުރެގެން އެޗުޕީއޭގެ ހޮޓްލައިނާ ޑޮކްޓަރު ގުޅިކަމަށްވެސް ފައިރޫޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ސިއްރުކުރުމުގެ ނިޔަތުގައި ކުރެއްދޫ ރިސޯޓުން ކަންތައްތަކެއް ކުރިކަން މުޅިން އެނގޭނީ ތަހުގީގު ނިމުނީމާ ކަމަށެވެ.