ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު ދަރުމަވަންތަގެ ހާލަތު ގޯސްވުމަކީ ވަރަށްކައިރީގަ ވާ ކަމެއްކަމަށް ޑރ މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ރަސްފަންނުގައި ދުވަން އަދި މޫދަށް އެރި އުޅޭ މަންޒަރުގެ ވީޑިއޯއެއް ހިމަނުއްވާ ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި އެދިފައިވަނީ އިޖްތިމާއީ ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން އަށް ރައްޔިތުން ސަމާލުކަން ދެއްވުމަށެވެ.
އަނެއްކާވެސް އާދޭސް ކޮށްފަ ބުނަން، ދުވަންވެސް، ހިނގަންވެސް، ފަތަންވެސް، ފިނިބުރަށްވެސް ގޭންބޭރަށް ނުނިކުންނަވާ!
ކުޅުދުއްފުއްޓަށް ނިސްބަޔްވާ ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.
އަނެއްކާވެސް އާދޭސް ކޮށްފަ ބުނަން ދުވަންވެސް، ހިނގަންވެސް، ފިނިބުރަށްވެސް ގޭންބޭރަށް ނުނިކުންނަވާ! ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު ދަރުމަވަން ތަގެ ހާލަތު ގޯސްވުމަކީ ވަރައްކައިރީގަ ވާ ކަމެއް! #އިޖްތިމާއިގައިދުރުކުރުން #Socialdistancing pic.twitter.com/OzB0cfLUwR
— Dr. Mohamed Ali (@Moxamedalu) March 20, 2020
އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގ އަކީ ބަލިތައްފެތުރުން ކޮންޓުރޯލު ކުރުމަށްޓަކައި އެކަކު އަނެކަކާއި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. ތިމާއާއި އެހެން މީހުންނާ ދޭތެރޭ 6 ފޫޓް، މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމުން ތިމާ ކޯވިޑް-19 އަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
މިގޮތުން ގިނަ މީހުން އެއްވެއުޅުން މަދުކުރުމަށް ޕާކުތަކާއި ބައެއް ތަންތަން ބަންދުކުރުމާއި، ހަފުލާތައް ނުބޭއްވުން ހިމެނެއެވެ. އަދި މިފަދަ ޙާލަތެއްގައި ކުރެވިދާނެ ކަންތައްތަކަކީ ގޭގައި އޮފީހުގެ މަސައްކަތްކުރުން ސްކޫލު ތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގާތްތިމާގެ މީހުންނަށާއި، ރަހުމަތްތެރިންނަށް ވީޑިއޯގެ ޒަރިއްޢާއިން ވާހަކަ ދެއްކުން ހިމެނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!