އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް މިހާރުވެސް އެކޮމިޝަންގެ މެމްބަރު އަދި ނައިބް ރައީސް އަޙްމަދު އަކްރަމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 4 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ކޮމެޓީން ރުހުން ދިން އިރު ހަތަރު ބޭފުޅުންނަށްވެސް ރުހުން ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް އަކްރަމް އައްޔަންކޮށްފައިވަނީ 72 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އޭނާގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފުގެ މެމްބަރުކަމުގެ މުއްދަތުވެސް މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!