Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,661 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އާދަމް ނަސީރު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވައިފި
Raajje

އާދަމް ނަސީރު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އާދަމް ނަސީރު މަގާމުން އިސްތިއުފާދެއްވިކަން ސަރުކާރުން ހާމަކުރެއްވިއިރު އޭނާ އެމަގާމަށް ޢައްޔަނުކުރެއްވީ އިއްޔެއެވެ. އަދި އޮފީހަށް ނުކުންނެވީ މިއަދުއެވެ. މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަ...

އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް
Raajje

އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ތިން ކޮރޮނަރީ އެންޖިއޯގްރާމް އާއި ދެ މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އައިޖީއެމްއެޗުން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ކާޑިއެކް ސާވިސް ސެޝަންގައި، އެ ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ (އެންސީސީ) ޓީ...

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''
Raajje

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، އަދި ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ މައިގަނޑު އެއް ތަނބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ މިއަދު ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފ...

އައު މާލީ ވަޒީރަކަށް ޒަރީރު
Raajje

އައު މާލީ ވަޒީރަކަށް ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މު...

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''
Raajje

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމުގެ އިތުރުން މުރަކަ އާލާކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސ މުޢިއްޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން އަންގައިދެނީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަޤުބަލަށް ދުޅަހެޔޮ ކަނޑުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗ...

މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފި
Raajje

މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފި

މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ވަޒީރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ. މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެނގިފައިވާގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށް ޓަކައެވެ. ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާދެއްވިއިރު، މިދިޔަ އަހަރު އޭނާ ވަނީ ކުރަށްވަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް ކުރަށްވާފައެވެ. 17 ޑިސެމްބ...

ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ
Thiladhunmathi News

ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތައް މާދަމާ ފަށާނެއެވެ. މި މެޗުތައް މާދަމާ ފަށާއިރު މާދަމާ ރޭ ކުޅޭ މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫއެވެ. މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ އާއެވެ. ޕްލޭއޮފްގެ މެޗުތައް ފަށާނީ މާދަމާ ހަވީރު 16:00 ގައި […]

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި
Business

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ. މިދުވަސްވަރު މަސްވެރ...

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް: ''ރާއްޖެ އޮތީ ޣައްޒާ އާއި ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކު''
Raajje

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް: ''ރާއްޖެ އޮތީ ޣައްޒާ އާއި ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކު''

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖެ މިއަދު އޮތީ ޣައްޒާ ހިމެނޭހެން ނުރައްކާތެރި ޙާލަތްތަކުގައި ދިރިއުޅެމުންދާ މުޖުތަމަޢުތަކާ އެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ރައްކާތެރި ކާބޯތަކެތީ...

ކިންގްސް ކަޕުގައި ފަހަތުން އަރައި އެއިޓީ ފޯ އެފްސީ ބަލިކޮށް އުތީމު އެފްސީ ކުއާޓަރ އަށް
Thiladhunmathi News

ކިންގްސް ކަޕުގައި ފަހަތުން އަރައި އެއިޓީ ފޯ އެފްސީ ބަލިކޮށް އުތީމު އެފްސީ ކުއާޓަރ އަށް

ކުލަބު މޯލްޓިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކިންގުސް ކަފުގައި ބ. އޭދަފުށީގެ އެއިޓީފޯ އެފްސީ ބަލިކޮށް، ހއ. އުތީމުގެ އުތީމު އެފްސީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އުތީމު އެފް ސީން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ […]

މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖޫން 7 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ފުލުހުން ބުނީ […]

''ބަޖެޓުކުރި މިންގަނޑުގައި ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންއަށްވުރެ ބޮޑު ކާމިޔާބީއެއް''
Raajje

''ބަޖެޓުކުރި މިންގަނޑުގައި ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންއަށްވުރެ ބޮޑު ކާމިޔާބީއެއް''

އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކަނޑައެޅިފައިވާ ބަޖެ...

އެކަނި ކުރި މަސައްކަތުން ހޯދުނީ މުހިންމު ކާމިޔާބީއެއް: ޕީއެންސީ
Raajje

އެކަނި ކުރި މަސައްކަތުން ހޯދުނީ މުހިންމު ކާމިޔާބީއެއް: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް އެ ދާއިރާގެ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި ޕީއެންސީން ޝުކުރު އަދާކޮށްފިއެވެ. މިއަދު ބޭއްވުނު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް ގިނަ އަދަދެއްގެ ވޯޓު ދެއްވައި، ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވީތީ ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނ...

މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް
Politics

މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ، މއ. އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިބްރާހީމް ރަޝާދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް އިބްރާހީމް ރަޝާދަ...

ސޯބެ ހިތަދޫ އުތުރު ގޮނޑި ކާމިޔާބު ކުރައްވައިފި
Parliament

ސޯބެ ހިތަދޫ އުތުރު ގޮނޑި ކާމިޔާބު ކުރައްވައިފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރަށްވައިފިއެވެ. މިއަދު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އާންމު ނުކުރިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ސޯބެ ވަނީ މިއަދުގެ އިންތިޚާބުގައި ކުރި ހޯއްދަވާފައެވެ. ސޯބެގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިހާރު ވަނީ މީސް މީޑިއާ މެދުވެރިކޮށް އޭނާ އަށް މަރުޙަބާ...