މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ވަޒީރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

އެނގިފައިވާގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށް ޓަކައެވެ.

ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާދެއްވިއިރު، މިދިޔަ އަހަރު އޭނާ ވަނީ ކުރަށްވަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް ކުރަށްވާފައެވެ. 17 ޑިސެމްބަރު 2025 ގައި މާލީ ވުޒާރާއިން ނެރުއްވި ބަޔާނެއްމެދުވެރިކޮށް އެ މައުލޫމާތު ވަނީ އާންމކޮށްފައެވެ. އެއީ ދުރާލައި ތައްޔާރުވެގެން، އެ ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މާލީ ވުޒާރާއިން އެއިރު ނެރުނު ބަޔާނުގައި ބުންޏެވެ. ޒަމީރު މި ސާޖަރީ ހައްދަވާފައި ވަނީ ސިންގަޕޫރުގައެވެ.

ޒަމީރު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ޖުލައި 2016 ގައި އެންޖީއޯޕްލާސްޓީއެއް ވެސް ހަދައިފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވި މޫސާ ޒަމީރު މާލީ ވުޒާރާ އަށް ބަދަލުކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ.

ޒަމީރު އިސްތިއުފާދެއްވާފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.