ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތައް މާދަމާ ފަށާނެއެވެ.
މި މެޗުތައް މާދަމާ ފަށާއިރު މާދަމާ ރޭ ކުޅޭ މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫއެވެ. މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ އާއެވެ.
ޕްލޭއޮފްގެ މެޗުތައް ފަށާނީ މާދަމާ ހަވީރު 16:00 ގައި މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނައަށް ދިޔަ ގްރީން ސްޓްރީޓްސް އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައެވެ.
ދިއްދޫގެ ދެވަނަ މެޗު ކުޅޭނީ ޖޫން 13 ވަނަ ދުވަހު މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.
ދިވެހި ޕްރިމިއަލީގް ކޮލިފިކޭޝަން ޕްލޭއޮފް މެޗުތައް ފުރުމަށް ދިއްދޫ ފުޓްބޯޅަ ޓީމް މާލެ ފުރަން ހަމަޖެހިފައި އޮތީ މިރެއެވެ. އެ ޓީމު ދިއްދޫ އިން ފުރާނީ މިރޭ 03:30 ގައި ކުދިމާ ޖެޓީ ސަރަހައްދުންނެވެ.
20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!