ކޯވިޑާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ޢަމަލު ކުރަށްވަން ނިންމަވާނެ ގޮތްތަކާއި މެދު ރައީސް މަޝްވަރާ ކުރަށްވައިފި
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާނު ކުރެވުނު ފުރަބަންދުގެ ޙާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ޢަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިބައްދަލުވުން އޮތީ މިއަދު ހަވީރު ރައީސް އޮފީހުގައި ކަމަށެވެ. އަދި މިއަދު މި ބޭއްވެވި މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަ...