ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަމުން ދާތީ، އަލިފާން ނިންވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ރަށުގައި އަލިފާން ރޯވެގެން އުޅޭ ސައިޓްގައި އަލިފާން ކޮންޓްރޯލް ކުރުމަށް ތިލަފުށީ ފަޔަރޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވާ ކަމަށެވެ.

Ad
rt

އެ އަލިފާން ކޮންޓްރޯލް ކުރުމަށް މާލެއިން ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ތިލަށްޓަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ތިލަފުށީގައި ހުރި "ސެކިއޯ ބޭގް" ގުދަނެއްގައި ކަމަށެވެ.

މާލެއިން އިތުރު އެމްއެންޑީއެފްގެ ފަޔާ ޓީމެއް މިހާރު ތިލަފުއްޓަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާއިރު، އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ބުނީ އެ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާޒާތު ތަކެތި ކަމަށެވެ.