•  
  •  
  •  
  •  
  •  
  •  
  •  

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަަދު ބުނެފައިވަނީ ހޮޅުދޫ ބޭރުން މޫދަށް ޑިންގީއަކުން އެއްލި ފުޅިއެއް ބަލައި މީހަކު ފަތާފައި ދިޔަކަމުގެ މައުލޫމާތު ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ އެއްގަމަށް އެރުމުން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ފުޅި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

މި މައްސަލަ ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލާގައި އެ ފުޅި އެއްލި ޑިންގީގައި ތިބި މީހުން ހައްޔަރުކުރިމަކެއް ނުވަތަ ނުކުރާކަމެއް ހާމައެއް ނުކުރެއެވެ. މިޑިންގީ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ