•  
  •  
  •  
  •  
  •  
  •  
  •  

ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ އުތުރުބުރި ތަމްސީލު ކުރައްވާ މެމްބަރުން ސަރުކާރު ވުޒާރާތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ތިލަދުންމަތީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފުރުޞަތުތައް ފަހިކުރުމާ ބެހޭ ގޮތުން އިއްޔެވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލާ ޒަހާ ވަޙީދުއާ އެކު ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކާއި ބެހޭގޮތުން ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުބުނެފައިވަނީ މި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެކަމުގައި ދާއިރާގެ އެންމެ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކަން އަރުވާކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު މުއައްސަަސާތަކާއެކު ބައްދަލުކޮށް، ދާއިރާއަށް ކުރިއެރުމާއި ތަރައްޤީ ގެނައުމުގައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ވެސް އެންމެ ބޭފުޅުންނަށް އަރުވާކަމަށެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަމުގައިވާ ހއ ދިއްދޫގައި ޤާއިމުކުރާ އައިސް ޕްލާންޓްގެ ބަޖެޓް ދާދި އަވަހަށް ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިކަމަށް އުފަލާއި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށް ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުވަނީ ވިދާޅުވެފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ހއ. އަތޮޅަށް ނިސްބަތްވާ 5 މެންބަރުން ބައްދަލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަލްފާޟިލް އަޙުމަދު މަޙްލޫފް އާއެވެ. މިބައްދަލުވުމުގައި މިނިސްޓްރީން ހިންގަވަމުންގެންދަވާ މަޝްރޫޢުތަކާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހިންގަވަން ކަނޑައަޅުއްވާ މަޝްރޫޢުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަކީ ނުހަނު އުންމީދީ ވާހަކަފުޅުތަކެއް އިވިގެންދިޔަ ކާމިޔާބު ބައްދަލުވުމެއްކަމުގައި މެންބަރުންވަނީފާހަގަކޮށްފައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަމްރުއާއެކު މިމަހުގެ 5 ވަނަ ދުވަހުވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ތިލަދުންމަތީ އުތުރުބުރި ތަމްސީލު ކުރައްވާ 5 މެމްބަރުން ފާހަގަ ވެފައިވަނީ އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި އެކު އެކީ މަސައްކަތް ކުރައްވަމުން އަންނަ މެންބަރުން ތަކެއްގެ ގޮތުގައެވެ.

 

ޚިޔާލު

Your email address will not be published.

More in ކުޑަ