ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު
ފުވައްމުލަކު ސިޓީ ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު އެ ސިޓީގެ ރައްޔިތުންނަށް ފަހިކޮށް ދީފިއެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ. އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކު ސިޓީގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ. އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކ...