ފުވައްމުލަކު ސިޓީ ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމު ފުރުޞަތު އެ ސިޓީގެ ރައްޔިތުންނަށް ފަހިކޮށް ދީފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ.
އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކު ސިޓީގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ.
އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކޮށް، 6 މީހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރަށް ދައްކާފައެވެ. މި ޚިދުމަތް ދެނީ ޒޫމް މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިންނެވެ.
މި ޚިދުމަތްތައްދެނީ ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުން މެދުވެރިވެގެންނެވެ. އެގޮތުން ޓެލެކޮންސަލްޓޭޝަން ހެދުމުގެ ކުރިން ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ޕޭޝަންޓު ކޮންސަލްޓްކުރުމަށްފަހު ސްކްރީން ކުރެއެވެ.
ޓެލެމެޑިސިންގ މެދުވެރިކޮށް ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ދައްްކަން ބޭނުންވާ މީހުން ފުވައްމުލަކު ހޮސްޕިޓަލްގައި ރަޖިސްޓްރީކުރުމުން، ޑޮކްޓަރަށް ދައްކާ ގަޑި ހަމަޖައްސަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ މުޅިން އަލަށް ފެށި މި ޚިދުމަތަކަކީ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދީ، ރައްޔިތުން އަތުން ޚަރަދުވާ ފައިސާއާއި، އަދި ދަތުރުފަތުރުގެ ތަކުލީފަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެތީ ފެށި ޚިދުމަތެއްކަމަށެވެ.
We are pleased to announce the implementation of teleconsultation services between GN Hospital and HMH today. It is our pleasure to cater to those in other regions of the country, especially during this pandemic.#Hulhumalehospital@fvmhospital @ahmedsaeed368 pic.twitter.com/KQU9o0NYxG
— Hulhumalé Hospital (@HMH_mv) August 9, 2020
ފުވައްމުލަކު ސިޓީގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް، ދެއްކޭގޮތަށް ފެށި މި ޚިދުމަތަކީ މުޅިން އަލަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފެށި ޚިދުމަތެއްކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސަޢީދާއި ހަވާލާދީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އަޙްމަދު ސަޢީދު ވިދާޅުވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލާއެކު، ފުވައްމުލަކު ހޮސްޕިޓަލުން އަދި އެއްބަސްވެފައިވަނީ 5 ދާއިރާއަކުން ޓެލެކޮންސަލްޓެންސީގެ ޚިދުމަތް ހޯދުމަށްކަމަށެވެ.
މީގެތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ހަމުގެ ބައްޔާއި ކަށީގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި ޖެނެރަލް ސަރޖަރީއާއި ގުޅޭ ޓެލެކޮންސަލްޓޭޝަންއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހުޅުމާލޭ ހޮސްޕިޓަލް މެދުވެރިކޮށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއެކުވެސް ޓެލެމެޑިސިންގެ ޚިދުމަތް ފަށާފައެވެ. މިއީ މިގޮތަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ މަސައްކަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!