އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެދަށުން މާދަމާއިން ފެށިގެން ރަށްރަށަށް ދެވޭނީ އެޗްޕީއޭއިންދޭ ޚާއްޞާ ހުއްދައެއްގެ ދަށުންކަމަށް ކަނޑައަޅާ އެޗްޕީއޭއިން އުސޫލު އާންމުކޮށްފިއެވެ.

އެގޮތުން ރަށްރަށް ދާ މީހުންނަށް ޢަމަލުކުރަންވީގޮތް ބަޔާންކޮށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ، ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް އެދެންޖެހޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރިވުމަށްފަހު އެޕޯޓަލްގެ ހޯމްކަރަންޓީންވުމަށް އެދޭބައި ފުރިހަމަކުރުމުންކަމަށެވެ. މާދަމާއިން ފެށިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށްކަމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

Ad
rt

މެޑިކަލް އިމަޖެންސީއެއް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށާއި، ވަޒީފާގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއިި ގުޅިގެން އަދި ޝަރުޢީ ކޯޓަކަށް ޙާޒިރުވާނެޖެހޭ މީހުންނަށް އެކަނި

މާދަމާއިން ފެށިގެން ހޯމްކަނަރްޓީނުވުމަށް ރަށްރަށަށް ދެވޭނީ "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށްކަމަށް އެއުސޫލުގައި ބުނެފައިވެއެވެ.

މިޝަރުޠުތައް ހަމަވާމީހުން، ހޯމްކަރަންޓީނަށް އެދުމަށްފަހު ކަމާގުޅުންހުރި ލިޔެކިއުންތައް ރަށުކައުންސިލަށް އީލެމެއިލް ކުރަންޖެހޭނެކަމަށާއި އަދި ކަރަންޓިންވާން އެދޭގެ ނުވަތަ ކޮޓަރި ބަލާ ޗެކުކުރުމަށްފަހު ހޯމްކަރަނޓީން ވުމާގުޅޭގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުން ފާސް، "ޕޯޓަލް" މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމްކަރަންޓީންވުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުރުމަށް އެދިފައިވާ ތާރީޚަށް ކަރަންޓީނުގެ ލިޔުން އަދި ޢިމާރާތް، މޮނިޓަރިންގ ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑުކުރެވޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި އޭނާ ހުންނަ ޢިމާރާތަށް މޮނިޓަރިން ނޯޓިސް ލިބުންކަމަށްވެސް ބުނެފައިވެއެވެ.