މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.
މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައިވަނީ އަހަރު ފަސް ސްކޮލާޝިޕެވެ. ނަމަވެސް އެ ޢަދަދު މިހާރު ވަނީ 20 އަށް އިތުރު ކޮށްފައެވެ.
ފޮރިން މިނިސްޓްރީއިން ބުނީ މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާއިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް މޮރޮކޯއިން 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ޝާހިދު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު މޮރޮކޯއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
މިފުރުސަތުތައް އިތުރުކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި އެޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެގައުމުގެ ޔުނިވާސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލާޝިޕްގެ ފުރުސަތުގެ ޢަދަދު 20 އަށް އިތުރު ކުރިއިރު، ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕް ދިނުމަށް ޖަޕާނު ސަރުކާރުން ވެސް ވަނީ ނިންމައި، އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެކު ސޮއި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!