Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,686 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް
Raajje

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާނ...

ބަޙްރައިންގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި
Raajje

ބަޙްރައިންގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައިވަނީ މިއަދު އެވެ. ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮނ...

ޓެރަރިޒަމް ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފި
Raajje

ޓެރަރިޒަމް ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފި

ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ، ފުލުހުން އިތުރަށް ބުނީމިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށެވެ. ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ...

ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި
Thiladhunmathi News

ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ. މި ބިންގާ އަޅާފައިވަނީ  މިކަމަށް ހާއްސަ ކޮށްގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން […]

ފެނިގެންދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދެއްވިތަން: ރައީސް
Raajje

ފެނިގެންދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދެއްވިތަން: ރައީސް

ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި، ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން، އެ ސްލޮޓަށް ވަޒީރެއް އައްޔަނު ކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ކިބައިން ފެނިގެން ދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އިސްކުރެއްވިތަން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙ...

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް
Raajje

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުތެރޭ ކުރެވުނު އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަތް އެއްކަމަކީ ހިލޭ ޑިގްރޭއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމާއި، މަތީ ތަޢުލީމަށް ހުޅުވާލެވުނު ފުރުޞަތުތައް ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކު...

އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި

ހއ. އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަން ހައްލުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެކެވެ. މިއަދު މިވަނީ އެ އިންތިޒާރު ކުލަވާން ފަށައި، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ. ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރިއިރު އޭގެ ތެރެއިން އެއް މަޝްރޫޢުއަކީ އިހަވަންދޫގެ ބިން ހިއްކުމާ...

މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް އިންޑިއާއިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި
Raajje

މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް އިންޑިއާއިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ހިންގާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅ...

މެއި/ޖޫން އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން ނޮވެންބަރު 9 އިން 23 އަށް
News

މެއި/ޖޫން އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން ނޮވެންބަރު 9 އިން 23 އަށް

2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 23 ގެ ނިޔަލަށް ހުޅުވާލައިފި އެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 2020 ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އެ […]

ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލުގެންނަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް: އަމީރު
Parliament

ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލުގެންނަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތް: އަމީރު

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު ވިދާޅު ވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރާއި ސަރުކާރުން ކުރިމަތިލަނީ އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަޤީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން […]

މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފި
Raajje

މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާންމުކޮށްފިއެވެ. އެ ލިސްޓް އާންމު ކުރަމުން ހޯމް މިނިސްޓްރީއިން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، ޑިސެމްބަރު 5، 2020 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ހޯމް މިނިސްޓްރީއިން އާންމުކުރި ލިސްޓަށް ބަލާއިރު، މި އިންތިޚާބުގައި މީޑިއާގެ މެމްބަރުކަމަށް ވާދަކުރައްވަނީ 14 ކެންޑިޑޭޓުން ނެވެ. އާންމުންގެ މެންބަރުކަމަށް ވާދަކުރައްވަނީ ވެސް 14...

އދ އިން ރާއްޖެއަށް ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކޮށްފި
Raajje

އދ އިން ރާއްޖެއަށް ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކޮށްފި

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް އދ އިން ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކޮށްފި އެވެ. ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ. މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ރެޒިޑެންޓް ރެޕްރެޒެ...

ނައިބު ރައީސް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި
Raajje

ނައިބު ރައީސް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. މިގޮތުން ނައިބު ރައީސް ފައިޞަލް އިއްޔެ ހަވީރު ވަނީ، މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަޙައްދުގައި އެސްޓީއޯއިން ތަރައްޤީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މީގެއިތުރުން ކުރީގެ...

ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް
Raajje

ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް

މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފި އެވެ. ވެމްކޯ އަދި މަލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގްރޫޕުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ހަފުތާއެއްގެ ތެރޭ މުޅި މާލެ އެއްކޮށް ސާފުކުރުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ދަށުން، މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި، މަގުތައް މުޅިން ސާފުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ސިޓީކައުންސިލުން ކުރި ޓުވިޓެއްގައި ބުނ...

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބު ކަމާއެކު ނިންމާލައިފި
International

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބު ކަމާއެކު ނިންމާލައިފި

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ދިވެހި ރާއްޖޭއިން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. 4 ނޮވެންބަރު 2020 އިން 6 ނޮވެންބަރު 2020 އަށް ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި، ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް މިއަދު ބޭއްވުނު ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ ސެޝަންގައި އެޑޮޕްޓްކޮށްފިއެވެ. އެގޮތުން، އެ ރިޕޯޓުގައި 4 ނޮވެންބަރު 2020 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 95 މެންބަރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހ...