ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ،
ފުލުހުން އިތުރަށް ބުނީމިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދަން
— Maldives Police (@PoliceMv) November 11, 2020
ދާދި ދެންމެ އަކު ފުލުހުން ބުނީ، ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައި.
މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވޭ.
ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނެކަމަށެވެ. ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!