ހއ. އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަން ހައްލުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެކެވެ. މިއަދު މިވަނީ އެ އިންތިޒާރު ކުލަވާން ފަށައި، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ.
ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރިއިރު އޭގެ ތެރެއިން އެއް މަޝްރޫޢުއަކީ އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫޢުއަކީ 123,960,847.77 ރުފިޔާއަށް ހަވާލުކުރި މަޝްރޫޢު އެކެވެ. މި މަޝްރޫޢު ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 365 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބޮޑު ބިމެއް އެރަށަށް އިތުރުވެގެން ދާނެއެވެ.
އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަންހައްލުކުރުމަށް އިހަވަންދޫގެ ބިންހިއްކުން @MTCCPlc އަށް މިއަދުވަނީ ހަވާލު ކުރެވިފައި.
ޝުކުރިއްޔާ ރައީސް @ibusolih
ޕުލޭނިން މިނިސްޓުރީގެ ޓީމްގެ މަސައްކަތަށް ޝުކުރުއަދާކުރަން، ހާއްސަކޮއް މިނިސްޓަރ @AslamAslamtey pic.twitter.com/Ms2raWqumk— MP Mohamed Shifau (@mhshifau) November 10, 2020
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރެވިގެން ދިޔުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަންހައްލުކުރުމަށް އިހަވަންދޫގެ ބިންހިއްކުން މިއަދު ހަވާލުކުރެވިގެން ދިޔުމުން ރައީސް ޞާލިޙަށާއި، ޕްލޭނިން މިނިސްޓަރު އަސްލަމް އަދި އެ މިނިސްޓްރީގެ ޓީމްގެ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!