ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ
ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެއެވެ. އެ ދޯނި އުރުމުގެ ސަބަބުން މިހާރު ސިފައިން އަންނަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:51 ހާއިރުއެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި 3 ފަޅުވެރިން އެބަތިއްބެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ. އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން […]