ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއިއެކު އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު 8 ކަމެއް ރައީސަށް ހުށަހެޅުއްވިކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮން އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
އެ ބައްދަލުވުމުގައި ރައީސް ޞާލިޙަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅު މައުގަނޑު ކަންކަމުގެ ގޮތުގައި މޭޔަރު އާތިފް މިއަދު ވިދާޅުވި ކަންކަމުގެ ތެރޭގައި، ގެދޮރު ވެރިޔާ ލޯން ސްކީމުގެ ސަބަބުން އަމިއްލަ ބިން ހުރި ފަރާތްތަކަށް ގެދޮރު އިމާރާތް ކުރުމަށް މަގެއް ފަހިވެގެން ދިޔަ ކަމުގައި ވީނަމަވެސް ކުޅުދުއްފުށި ސިޓީގައި އަމިއްލަ ބިން ނެތި ބޯހިޔާވެހި ކަމަށް ބޭނުން ވެފައި އެތައް ބަޔަކު ތިބި ކަންފާހަގަކުރަށްވައި، މި ފަރާތްތަކަށް އަމާޒު ކޮށްގެން ހައުސިން ޕްރޮޖެކްޓެއް ފައްޓަވައި ދެއްވުމަށް އެދިފައިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
މީގެއިތުރުން ސިޓީ ކައުންސިލަކުން ދޭން ލާޒިމް ކުރާ ރަށްވެހި ކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ސިޓީ ތަކާއި އަޅާ ބަލާއިރު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަދަދު އެތައްގުނައަކުން މަދުވެފައި މުހިންމު ބައެއް މަގާމުތައް ހުސްކޮށް ހުރުން ކަމަށްވާތީ، އެ މަގާމްތަކަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ހަމަޖައްސައި ދެއްވުމަށް ވެސް އެދިލެއްވި ކަމަށް މޭޔަރު އާތިފް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އިތުރަށް އެދުނުކަންކަން
- ރާއްޖޭގެ އެހެން ސިޓީ ތަކެކޭ ވެސް އެއްފަދައިން ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެމްކޯ މެދުވެރިކޮށް ހަމަޖެއްސުމަށްޓަކައި އެކަމަށް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް އެދިލެއްވުން.
- ސަރުކާރުން ވައުދުވެފައި ވާގޮތަށް ކުޅުދުއްފުށި ސިޓީގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ޤާއިމު ކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިލެއްވުން.
- ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެޔަށް ޑީވޯޓަރިން އަދި ފަޔާ ހައިޑްރަންގެ ނިޒާމް އިތުރު ކޮށްދެއްވުމަށް އެދިލެއްވުން.
- ކުޅުދުއްފުށި އެއާރޕޯޓް މަޝްރޫގެ އީއައިއޭ ރިޕޯޓްގައި ހުރި ގިނަ ކަންކަން ފުރިހަމަނުވެ ހުރުމުން އެކަންކަމަށް ހައްލު ހޯދައިދެއްވާ އެއާރޕޯޓްގެ ރަންވޭ ލައިޓް، ހުޅަނގުކޮޅު ކަނޑުތޮށި މަރާމާތުކުރުން އަދި ރެސްޓޯރެންޓްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިލެއްވުން.
- އެއާރޕޯޓްގެ އުތުރުން އޮތް ބިމުގެ ބޭނުން ހިފޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެދިލެއްވުން.
- ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިލެއްވުން.
މޭޔަރު އާތިފް ވިދާޅުވީ މި ހުރިހާ ކަމަކަށްވެސް ރަަޢީސް ދެއްވީ އުންމީދީ ޖަވާބުތަކެއް ކަމަށެވެ.
https://thiladhun.wonstasite.com/67159
މިބައްދަލުވުމުގައި ވަނީ ކުޅުދުއްފުށީ ސިޓީގެ ތަރައްގީއާއި ގުޅުން ހުރިމަޝްރޫޢުތަކާއި، އެ ސިޓީއަށް ބޭނުންވެފައިވާ އިތުރުކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!