ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް

photo_2021-07-03_17-21-29

"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހދ. ނޮޅިވަރަމްގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ.

"ސެކިއުލަރ ބިލާ ދެކޮޅަށް ނޮޅިވަރަން ހިނގައިލުން" ނަމުގައި އިއްޔެ ހަވީރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވި އެރަށުގެ ރަށްޔަތުން ވަނީ އެ ބިލުގައި ހުރިކަންބޮޑުވުންތައް ހާމަކޮށް އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައެވެ.

އެ ހިނގާލުމުގެ ބައިވެރިން އެ ބިލާއި ދެކޮޅުކަން އަންގައިދޭ އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވާއިރު، އެ ބޯޑުތަކުގައި ލިޔެފައުވާ އިބާރާތްތަކުން ނަފްރަތުގެ އަމަލު ބަޔާން ބިލަކީ ސެކިއުލަރ ބިލެއް ކަމުގައި ލިޔެފައިވެއެވެ. އަދި އެ ބިލުން ހަރުކަށި ފިކުރުގެ މީހުންނަށް ހިމާޔަތް ދޭކަމަށާއި، ބާޠިލު އަގީދާތަކަށް ވެސް ހިމާޔަތްލިބި "މުންކަރަކާތްތަކަށް ފުރުޞަތު ލިބޭ" ފަދަ އިބާރާތްތައް ބޭނުންކޮށްފައި ވެއެވެ.

އެ ހިނގާލުމުގައި އެ ބިލާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުގެ ގޮތުން އަޑު ވެސް ވަނީ އުފުލާފައެވެ. މި ގޮތުން ސްޕީކަރ ބޭނުންކޮށްގެން ބިލާ ދެކޮޅަށް އަޑު އުފުލާފައި ވެއެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުގެ މަސައްކަތްކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބައެއް ބަދަލުތަކާއެކު އެ ބިލު މިހާރު ވަނީ ނިންމާފައެވެ.

އެ ބިލުގައި ހިމެނުމަށް އިސްލާމިކް މިނިސްޓްރީން ދެއްވި ރައުޔުގައި 3 ކަމެއް ވަނީ ފާހަގަކުރަށްވާފައެވެ. ކޮމެޓީން އެ ބިލުގެ މަސައްކަތް ނިންމުމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔަށް ރިއާޔަތްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ބިލާއިއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 122 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން 106 ޖަމިއްޔާއަކުން ވަނީ ބަޔާން ނެރެފައެވެ. އަދި 101 އިލްމުވެރިންނެއް އެ ބިލާއި ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި