އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ތެރެއަށާއި، އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
"އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މިހާތަަނަށް ބެލި ބެލުމުން އިނގިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމު ގޮސްފައިވާ ކަމަށް މީސް މީޑިއާގައި ވެސް ވަނީ ޚަބަރު ފެތުރިފައެވެ.
މިކަމާއިގުޅިގެން މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މަޣުރިބުނަމާދަށް ހުއްޓައި މީހަކު އިމާމު ކުރިމައްޗަށް އަރައި، ކުޑަކަމު ދިއުމަށްފަހު ފައިބައިގެން ދިޔަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!