އަޑިއަށްދިޔަ ސަފާރީގެ ބައެއް ތަކެތި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑިއެފްއިން އިލްތިމާސް ކޮށްފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، މިއަދު 08:39 ހާއިރު ކ. ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން "ހޭންޑީ ކްރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ ވަނީ އަޑިއަށް ގޮސްފައެވެ. މި ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
"މި ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް މުދާތައް އެ ސަރަހައްދުން އިރަަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން އަދި ޚާއްޞަގޮތެއްގައި ރޭގަނޑު މިސަރަހައްދުން ދަތުރުކުރައްވާ އުޅަނދުތައް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރަން" އެމްއެންޑީއެފްއިން ވިދާޅުވެފަވެއެވެ.
https://thiladhun.wonstasite.com/73932
މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރު ކުރަމުން ދިޔަ މި ސަފާރީއަކަށް ދިޔަވެ، އަޑިއަށް ގޮއްސިފައިވާއިރު، މި ސަފާރީގައި 17 މީހަކު ދަތުރުކުރަމުން ދިޔައެވެ. އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގައި މާލެ ގެނެސްފައެވެ.
އޭގެ ތެރެއިން ހާލުބޮޑުވި 7 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިއެވެ. ނިޔާވެފައި ވަނީ 41 އަހަރުގެ ބިދޭސީއެއްކަމަށް އެނގިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!