އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޮލެޖު ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ރައީސް އައްޑޫއަށް ކުރަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ. މި މަޝްރޫއަށް ޖުމްލަ 40 އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ތަމްރީންކުރުމަށް އުމްރާނީ މަރުކަޒެއް ލިބުމުގެ އިތުރުން، މުޅި ދިވެހިރާއްޖެއަށް ހެޔޮ ބަދަލެއް އަންނަނެކަމަށް ފުލުހުން ވިދާޅުވެއެވެ.