މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,449 Stories
2,791 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޢީދުވިލޭރޭ މަގުތަކަށް ތަކެތި ނުނެރުމަށް މަކުނުދޫ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

ޢީދުވިލޭރޭ މަގުތަކަށް ތަކެތި ނުނެރުމަށް މަކުނުދޫ ކައުންސިލްގެ އިލްތިމާސެއް

އަންނަ ފިޠުރު ޢީދު ވިލޭރޭ ހދ. މަކުނުދޫ މަގުތަކަށް ތަކެތި ނެރެފައި ނުބެހެއްޓުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މަކުނުދޫ ކައުންސިލުން މިއަދު އާންމު ކުރި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޢީދުވިލޭރޭ މަގުތަކަށް އެކި ބާވަތްބާވަތުގެ ސާމާނު ނެރެ މަގުތަކުގައި ބެހެއްޓުމަކީ ފާއިތުވި އަހަރުތަކުގައި އެރަށުގައި ހިނގަމުންދާ ކަމެއް ކަމަށެވެ މިކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓަތައް ހިނގައި، އެކި ވަރުގެ އަނިޔާތައް ފަރުދުންނަށް ލިބިފައިވާކަމަށް އެ ކައުންސިލުން ފާހަގަ ކުރައްވާފައި ވެއެވެ. އެހެނ...

މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި

ށ. މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިލަންދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ބައެއް ގޭގޭގެ ދިޔަދޮވި ހޮޅިތަކުން ފައިބާ ފެން ނަރުދަމާގެ ޖަންކްޝަނާއި ގުޅާފައި ހުރުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ މައި ލައިންތަކާއި ޕަމްޕު ސްޓޭޝަންތަކުގެ ތެރޭގައި ޖަމާވާ ފެން އެތައް ގުނައަކަށް އިތުރުވަމުން އަންނަކަމަށް ފެނަކަ މިލަންދޫ ބްރާންޗުން އެ ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވަކިން ޚާއް...

ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ
Raajje

ބައެއް އިސްލާހްތަކާއެކު "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގެ ހަތަރު ވަނަ ޗާޕު މާދަމާއިން ފެށިގެން ގަންނަން ލިބޭނެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ ފަސްޓްލޭޑީ ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން”ގެ ފޮތުގެ 4 ވަނަ ޗާޕު މާދަމާއިން ފެށިގެން ދިވެހި ބަހުގެ އެކަޑަމީން ގަންނަން ލިބެންހުންނާނެ ކަމަށް އެ އެކަޑަމީން ބުނެފިއެވެ. މާދަމާއިން ފެށިގެން މި ފޮތް ވިއްކަނީ އެ ފޮތަށް ބައެއް އިސްލާޙްތައް ގެނައުމަށް ފަހުގައެވެ. ދިވެހިވަހުގެ އެކަޑަމީން ބުނީން މާދަމާއިން ފެށިގެން މި ފޮތް އެ އެކަޑަމީން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށާއި […]

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ
Thiladhunmathi News

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޯހަކީ، ފޭދޫ ކައުންސިލާއި، ދާރުލް ޤުރުޢާން ވައްސުންނާއާއި ގުޅިގެން ހިންގަން ނިންމާފައިވާ ކޯހެކެވެ. ރަމަޟާން މަހަށްފަހު ފެށުމަށް ނިންމާފައިވާ މިކޯހުގައި ބައިވެރިވާ ބައިވެރިންކުރެ 2 ބައިވެރިއަކަށް ކޯސް ފީ ދައްކައިދޭގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލުންނެވެ. މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަޠު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން މިކޯހުގައި ބައިވެރިވުމަށް ނަންނ...

މިލަންދޫ އިޖުތިމާއީ މަރުކަޒު ޔޫތު މިނިސްޓްރީއާއި ހަވާލުކުރަން ނިންމައިފި
Thiladhunmathi News

މިލަންދޫ އިޖުތިމާއީ މަރުކަޒު ޔޫތު މިނިސްޓްރީއާއި ހަވާލުކުރަން ނިންމައިފި

ށ. މިލަންދޫގައި ގާއިމުކޮށްފައިވާ އިޖުތިމާއީ މަރުކަޒުގެ ހިންގުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިލަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ އާންމު ޖަލްސާއިންނެވެ. މިލަންދޫ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ އެ މަރުކަޒުގެ ހިންގުން ޔޫތު މިނިސްޓްރީއާއި ހަވާލުކޮށް ދިނުމަށް އެދި އެ މިނިސްޓްރީން ހުށަހެޅުމުންނެވެ. އެހެންކަމުން މިލަންދޫ ކައުންސިލްގެ ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ ޔޫ...

ޖަޕާނު ސަފީރު، ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި
Raajje

ޖަޕާނު ސަފީރު، ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މިގޮތުން ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއ...

"އިޖުތިމާޢީ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ދެމި އޮންނާނެ"
Raajje

"އިޖުތިމާޢީ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ދެމި އޮންނާނެ"

އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ދެއްވައިފިއެވެ. އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވ...

ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ރައީސް، ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ނައިވާދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާ...

މަޤުބޫލު ސަބަބެއް އޮވެގެން ބާ އިމްތިޙާނަށް ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ފުރުސަތެއް
Raajje

މަޤުބޫލު ސަބަބެއް އޮވެގެން ބާ އިމްތިޙާނަށް ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ފުރުސަތެއް

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާން ހުޅުވާލި ފުރުޞަޠުގައި މަޤުބޫލު ސަބަބެއް މެދުވެރިވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކަށް އެ އިމްތިޙާނުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުރަތަމަ ބާ އިމްތިޙާން ބާއްވަން ބާ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު...

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ވަނީ ކުރެވިފައި: ވިލާ
Business

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ވަނީ ކުރެވިފައި: ވިލާ

ގދ. ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން އެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ކުރެވިފައިވާ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. ވިލާއިން އަލުން އެ އެއާޕޯޓާއި ހަވާލުވެ، އެ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 01 މާރިޗް 2022 ގައެވެ. ވިލާއިން ބުނީ މި […]

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް ހިންނަވަރަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރަށް ކުރަށްވާ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސް، އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް މިކުރަށްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދާދިފަހުން އެމަނިކުފާނު ވަނީ އެރަށް ހިމެނޭހެން ޅ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރަށްވާފައެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ހިންނަވަރަށް ފުރައި ވަޑައިގެންނެވިއިރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީ...

މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭ ސިޓީގެ މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ރޯވީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:26 ގައި އެވެ. އެ އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކޮށްފައިވާއިރު، އެ ގަރާޖުގައި ރޯވި އަލިފާން 16:35 ގައި ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި ހާދިސާގައި ގަރާޖް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. […]

މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި
Thiladhunmathi News

މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ހދ. މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި މަކުނުދޫ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ‘އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް’ އާއި އެވެ. މި މަސައްކަތަށް 12,008,846.18 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި...

ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި
Raajje

ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

ސައިބަރ ކްރައިމް މައްސަލަތަކާއި، ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތައް އަންގައި ދިނުމަށް ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނާއި، މިލަންދޫ ސްކޫލާއި ގުޅިގެންނެވެ. މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާ، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެފަދަ ކުށްތަކުން ދު...

ޖަޕާނު ސަފީރު، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލު ކުރައްވައިފި
Raajje

ޖަޕާނު ސަފީރު، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލު ކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 […...