ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މި ކޯހަކީ، ފޭދޫ ކައުންސިލާއި، ދާރުލް ޤުރުޢާން ވައްސުންނާއާއި ގުޅިގެން ހިންގަން ނިންމާފައިވާ ކޯހެކެވެ.

Ad
rt

ރަމަޟާން މަހަށްފަހު ފެށުމަށް ނިންމާފައިވާ މިކޯހުގައި ބައިވެރިވާ ބައިވެރިންކުރެ 2 ބައިވެރިއަކަށް ކޯސް ފީ ދައްކައިދޭގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލުންނެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަޠު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން މިކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް ގުޅަން ޖެހެނީ 7916806 ނަންބަރު ފޯނާއެވެ. ނަން ނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ، އަންނަ މެއި މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނެވެ.

މި ކޯހުގައި ބައިވެރިވުމަށް 2 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ނަންނޯޓު ކޮށްފައިވާނަމަ ކައުންސިލުން ސްޕޮންސަރ ކުރާ
2 ބައިވެރިން ހޮވާނީ ގުރުއަތު ލައިގެން ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ.