މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ.

އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ. އޭނާއަށް 27،163 ވޯޓު ލިބުނެވެ. ފަޔާ އާއި ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 19،980 ވޯޓެވެ.

Ad
rt

އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 11،586 ވޯޓާއެކުގައެވެ. އަދި ރޮޒައިނާއާ ވާދަކުރެއްވި ސަފާހަތް އަޙްމަދަށް ލިބިފައިވަނީ 7930 ވޯޓެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ

ޗެއާޕާސަންގެ އިންތިޚާބު

  • ފައްޔާޒު އިސްމާޢީލް (ފަޔާ): 27،163
  • އިމްތިޔާޒް ފަހުމީ (އިންތި): 19،980
  • ސައްހަ ވޯޓު: 47،143
  • ބާތިލު ވޯޓު: 964
  • ޖުމްލަ ވޯޓު: 48،107

އަންހެނުންގެ ރޫޙުގެ ރައީސްގެ އިންތިޚާބު

  • ރޮޒައިނާ އާދަމް: 11،586 ވޯޓު
  • ޝަފާއަތު އަޙްމަދު: 7،930 ވޯޓު
  • ސައްހަ ވޯޓު: 19،516
  • ބާތިލު ވޯޓު: 1180
  • ޖުމްލަ ވޯޓު: 20،690

އަންހެނުންގެ ރޫޙުގެ ނައިބު ރައީސްގެ އިންތިޚާބު

  • ފާތިމަތު ސަމީރު
  • ފެންނަ: 7640 ވޯޓު،
  • ނުފެންނަ: 4496 ވޯޓު،
  • ސައްހަ ވޯޓު: 12،167
  • ބާތިލު ވޯޓު: 7067
  • ޖުމްލަ ވޯޓު: 19،234

ޒުވާނުންގެ ހިތްވަރު ރައީސްގެ އިންތިޚާބު

  • ރިފްގާ ސިޔާމް: 6300 ވޯޓު
  • މުހައްމަދު އަންސަރު: 5569 ވޯޓު
  • ސައްހަ ވޯޓު: 11،828
  • ބާތިލު ވޯޓު: 1254
  • ޖުމްލަ ވޯޓު: 13،082

ޒުވާނުންގެ ހިތްވަރު ނައިބު ރައީސް އިންތިޚާބު

  • އަހްމަދު މައިމޫނު
  • ފެންނަ: 8052 ވޯޓު،
  • ނުފެންނަ: 1813 ވޯޓު،
  • ސައްހަ ވޯޓު: 9832
  • ބާތިލު ވޯޓު: 2592
  • ޖުމްލަ ވޯޓު: 12424

މި އިންތިޚާބުގައި ޗެއާޕާސަންގެ މަގާމު ހޮވުމަށް ވޯޓުލުމުގެ ހައްގު ލިބުނު އެމްޑީޕީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އޭގެތެރެއިން އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު، ޒުވާނުންގެ ހިތްވަރުގެ މަގާމުތަކަށް މެންބަރަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.