މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މައުލޫމާތު ދެއްވާ ގޮތުގައި މި އިންތިޚާބުގެ ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ.
މި އިންތިޚާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ އެވެ.
އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައިނހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން ބައިވެރިއެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!