ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތުގެ ސިލްސިލާގެ ތެރެއިން މިއަހަރުގެ ޤުރްއާން މުބާރާތް އިއްޔެ ފަށައިފިއެވެ.
ހއ. ގެ ވެރިރަށް ދިއްދޫގައި ފެށި މި މުބާރާތުގައި އެ އަތޮޅުގެ 12 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެ ސްކޫލްތަކަކީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، މޮޅަދޫ ސްކޫލް، ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ، އިހަވަންދޫ ސްކޫލް، ކެލާ ސެއިޚް އިބްރާޙީމް ސްކޫލް، ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ބާރަށު ސްކޫލް، ވަށަފަރު ސްކޫލް، ފިއްލަދޫ ސްކޫލް، ތުރާކުނު ސްކޫލް އަދި މާރަންދޫ ސްކޫލެވެ. މި ސްކޫލްތަކުން ޖުމްލަ 102 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ހއ. އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވި ސްކޫލްތަކާއި، އެ ސްކޫލްތަކުން ދަރިވަރުން ބައިވެރިވި ޢަދަދު
- އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، 5 ދަރިވަރުން
- މުރައިދޫ ސްކޫލް، 7 ދަރިވަރުން
- މޮޅަދޫ ސްކޫލް، 2 ދަރިވަރުން
- ހއ. އަތޮޅު މަދަރުސާ، 13 ދަރިވަރުން
- އިހަވަންދޫ ސްކޫލް، 14 ދަރިވަރުން
- ކެލާ ސެއިޚް އިބްރާޙީމް ސްކޫލް، 15 ދަރިވަރުން
- ހއ. އަތޮޅު ތައުލީމީ މަރުކަޒު، 21 ދަރިވަރުން
- ބާރަށު ސްކޫލް، 7 ދަރިވަރުން
- ވަށަފަރު ސްކޫލް، 4 ދަރިވަރުން
- ފިއްލަދޫ ސްކޫލް، 9 ދަރިވަރުން
- ތުރާކުނު ސްކޫލް، 1 ދަރިވަރު
- މާރަންދޫ ސްކޫލް، 4 ދަރިވަރުން
މި މުބާރާތުގެ ދެ ދަންފަޅިއެއްގެ ކިޔެވުން މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، ފަހަރުގެ މުބާރާތުގައި ބައިވެރިކޮށްފައި ވަނީ، ހއ. އަތޮޅުގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ކީ. ސްޓޭޖްގެ 1، 2، 3، 4، 5 ގެ ދަރިވަރުންނެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެބައި ކުރިއަށްދާނެއެވެ.
ރަށު ފެންވަރުގައި ބޭއްވި އޮޑިޝަނުން ހޮވާލެވުނު ކުދިންގެ މެދުގައި ބާއްވާ މި މުބާރާތުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ޤްރުއާން ކިޔެވުމުގެ މުބާރާތުގައިވެސް ޢަމަލުކުރަމުން ގެންގޮސްފައިވާ ޤަވާޢިދާ އެއްގޮތަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ހއ. އަތޮޅު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި އެކުދިންނަކީ ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުން ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!