ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށްވަދެ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި އެވެ.
ދިވެހި ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓާއެއްގައި ބުނީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ދިވެހި ދެ ދޯންޏެއްގެ މަސައްކަތުން ހިފަހައްޓާ އެމްޑީއެފް އަށް މިހާރު ރިޕޯޓް ކޮށްފަވާ ކަމަށެވެ.
’’ތ. މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އަދި ތ. މަޑިފުށި ގޮދާ ދޯނިން ހިފާއްޓާ މިހާރުވަނީ އެމްއެންޑީއެފް އައް ރިޕޯޓް ކުރެވިފަ’’ އެޖަމިއްޔާއިން ބުނެފަވެއެވެ.
ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާ ގެ މަސްބޯޓެއް އދ. މަހިބަދޫ އަސުރުމާ2 ދޯނި އަދި ތ. މަޑިފުށި ގޮދާ ދޯނިން ހިފާއްޓާ މިހާރުވަނީ MNDF އައް ރިޕޯޓް ކުރެވިފަ! pic.twitter.com/5e282CKgeq
— Bodu Kanneli Masveringe union- BKMU (@FishermensUnion) September 23, 2022
އެމްއެންޑީއެފުން ވިދާޅުވީ، ޤާނޫނާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:26 ހާއިރު އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
‘’މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް ވަނީ އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންނެވެ.’’ އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެންގޮސް ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!