ގދ. މަޑަވެލީ، ޓީއެސް ލައިން ދޯނިން އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް 57.152 ޓަނު މަސްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑު ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން ހަދާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެކުނުގެ މޫސުން އެންމެ ރަނގަޅަށް ތަން ނުދިންކަމުގައިވިޔަސް އިއްޔެ މަހަށް ނިކުތް ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.

''މިދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން. މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސްމެ. އެއީ 1095.805 ޓަނުގެ މަސް'' ފައުޒީ ވިދާޅުވެފަވެއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު ބާނާ މަސް ކިރޭނެ ގޮތެއް ނެތުމަކީ މަސްވަރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރެކެވެ.