ދައުލަތުގެ މީޑިއާއިން، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޢަބުދުﷲ ޔާމީން ގާތުންއަބުދުލްޤައްޔޫމް އަރިހުން ހޭވެސް އަހައިނުލާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސި އިންތިހާބުގެ ކަވަރޭޖް ގެނެސް ދެވޭނީ ބްރޯޑްކާސްޓިންގ ޤަވާއިދުތަކާއި އަދި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތުގެ މަތީން، ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށްކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ބުނުމުން އެކަމާއި ގުޅިގެންނެވެ.
ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޗެނަލް ތަކުންނާއި، ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ކުރިއަށް އޮތް ރިޔާސި އިންތިހާބުގެ ކަވަރޭޖް ގެނެސް ދެވޭނީ ބްރޯޑްކާސްޓިންގ ޤަވާއިދުތަކާއި އަދި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތުގެ މަތީން، ވަކި ފަރާތަކަށް ނުޖެހިކަމަށެވެ.
މިކަމާއިގުޅިގެން ހީނާ ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއް ވެސް އެބަހުރި ކަމަށެވެ. ނަމަވެސް ހޭ ވެސް އަހާނުލާތީ އޮޅުންފިލުވާލަން ސުވާލުކޮށްލަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އިންތިޚާބުގެ ކަވަރޭޖް ކިހިނެތް ހަމަކޮށް ގެނެސްދޭ ވާހަކަތޯ؟ އިންތިހާބަށް އިއުލާން ކުރީތޯ؟ ހަމަހަމަ ފުރުސަތު ދޭނެގޮތްތަކެއް / ވަގުތުދޭނެ އުސޫލު ސިޔާސީ ޕާޓީތަކާއެކު ނިންމީތޯ؟'' ހީނާ ސުވާލުކުރައްވާފައި ވެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ކުރީގެ ރައީސް ޔާމީނަށް އަރުވާފައިވާއިރު، މިވަގުތު އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!