ހުޅުމާލޭ ދެވަނަ ފޭސްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފޭސްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދިން މައްސަލައެއް ރޭ 1:15 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެކަން ހިނގި ތަނަށް ފުލުހުން ގޮސް، އަނިޔާލިބުނު މީހާ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

''މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން'' ފުލުހުން ވިދާޅުވެފަވެއެވެ.