ހުޅުމާލޭ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ރެޑްބުލް ދަނޑާ ދިމާ ގޮނޑު ދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ.

Ad
rt

އާންމު ފަރާތަކުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު ހަވީރު 17:38 ހާއިރުއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެކަށިތައް މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލަ ތަހްގީގު ކުރައްވަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފަވެއެވެ.