ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި
ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. މިކަމަށް ވަކިވަކިން ކޮށްފައިވާ ދެ އިއުލާނާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެފައި ވަނީ، މި ދެރަށުގައި މި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައި ވަނީ ކުރިން ކުރި ޢިއުލާނުގެ މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ. މި ދެ ރަށުގެ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތްތަކަށް ޝައު...