މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,916 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުއަށް 123،303،792.00 ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.  

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 
Raajje

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ”ސްމައިލް އޮން” ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިންއެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކެމްޕެއިންގައި މި ކެމްޕެއިނުން ހާސިލ...

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި
Raajje

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ. އެކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބ...

އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި
Raajje

އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި

ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ” ކޯސް ފަށައިފިއެވެ. މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވާގޮތުގައި މި ކޯހުގައި އެއާ އިންޓަޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދޭނެއެ...

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން
Raajje

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ އާއިއެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަން އިއްޔެ ޢިއުލާންކުރަށްވާފައެވެ. އީސީއިން ރިޔާސީ އިންތިޚާބުގެ ތާރީޚް ޢިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، […]

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދަންނަވައިފި
Raajje

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު، ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މި ކުރަށްވާ ދަތުރުފުޅަކީ ރާއްޖޭގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ދިވެހި ސަރުކާރުން ރަސްމީގޮތުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއް...

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދީފި، 8،000 ސޮފްހާ ހުރި
Raajje

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދީފި، 8،000 ސޮފްހާ ހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ 8،000 ސޮފްހާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނާ މިއަދު ހަވާލުކޮށްފި އެވެ. މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓް ނުލިބި ލަސްވާތީ އިދިކޮޅު ޕީޕީއެމާއި ވަކީލުން ގެންދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ފުލް ރިޕޯޓް މިއަދު ހަވާލު ކުރިއިރު، […]

''ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ހުރިކަން ފުލުހުން އަންނަނީ ސާބިތުކޮށްދެމުން''
Raajje

''ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ހުރިކަން ފުލުހުން އަންނަނީ ސާބިތުކޮށްދެމުން''

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް، އެއިރެއްގެ ޙާލަތަށް ބަލާއިރު، ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް ކަމަށެވެ. މީގެ...

''ދިވެހި ފުލުހުން ޤާބިލު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެސް އިތުބާރު އެބައޮތް''
Raajje

''ދިވެހި ފުލުހުން ޤާބިލު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެސް އިތުބާރު އެބައޮތް''

ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް ހުންނަ ކަމަށެވެ. އެއީ...

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ނިންމާލައިފި
Raajje

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ނިންމާލައިފި

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ. އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި މި ކޯހަކީ ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ޖަނަވަރީ 3 އިން 13 އަށް ކުރިއަށް ދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ބަންޑާރަކޮށީ ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމ...

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް
Raajje

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް

މި ސަރުކާރުން މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް، އަދި ކުރިއަށް އޮތްތާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް...

މައުމޫން ހޮސްލިޓަލުން ދޫކޮށްލައިފި
Raajje

މައުމޫން ހޮސްލިޓަލުން ދޫކޮށްލައިފި

ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ޓެސްޓްތަކެއް ހެއްދެވުމަށް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހަވީރުގެ ވަގުތެއްގައެވެ. އެ މަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސުނު ފަހުންނެވެ. ހޮސްޕިޓަލުން ދޫކޮށްލެއްވިކަން ހާމަކުރައްވަމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިރޭ އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެ...

ޓެސްޓްތަކެއް ހެއްދެވުމަށް ރައީސް މައުމޫން އެޑްމިޓްކޮށްފި
Raajje

ޓެސްޓްތަކެއް ހެއްދެވުމަށް ރައީސް މައުމޫން އެޑްމިޓްކޮށްފި

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް، ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ ޓެސްޓްތަކެއް ހެއްދެވުމަށް ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ. ރައީސް މައުމޫން މީގެ ކުރީން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ތެރޭ ވަނީ ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްޓްކޮށް ފަރުވާ ދީފައެވެ. އެ...

ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް
Raajje

ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް

2008 ވަނަ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް ކުރިމަތިވުމުން އެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުގައި ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން މިއަދު އައ...

ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ
Raajje

ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ހާލު ދެރަވެގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުން ދިޔަ ގައިދީޔަކު މިއަދު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ވިދާޅުވިގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު މާލޭ ޖަލަށް ހުކުމް ތަންފީޛުކުރުމަށް ގެންދިޔަ ގައިދީއެއް ކަމަށެވެ. ނިޔާވެފައި ވަނީ، ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ. ”މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާ...