ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ.
މިކަމަށް ވަކިވަކިން ކޮށްފައިވާ ދެ އިއުލާނާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެފައި ވަނީ، މި ދެރަށުގައި މި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައި ވަނީ ކުރިން ކުރި ޢިއުލާނުގެ މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.
މި ދެ ރަށުގެ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ހަނިމާދޫ ދަނޑުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި މަހުގެ 31 ވަނަ ދުވަހުގެ 11:00 ގައެވެ.
ނޮޅިވަރަމް ދަނޑުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި މަހުގެ 31 ވަނަ ދުވަހުގެ 11:30 ގައެވެ.
ދެ މަސައްކަތަށް ވެސް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ވެލާނާގޭ ތިންވަނަ ފަންގިފިލާގައި ހުންނަ ޔޫތު މިނިސްޓްރީގެ އިދާރާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!