ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް ހައުސިން ނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.
ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މިދިޔަ އަހަރު ޖޫންމަހު އެ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ވިލިނގިލީގައި 700 އަކަފޫޓުގެ 50 ހައުސިންގް ޔުނިޓު އިމާރާތް
ކުރާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!